logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފި

ޒިދާން މުޙައްމަދު
9 ޖޫން 2026 - 17:10
ހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފި

 

ހުޅުމާލެ ފޭސް 2 ގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މަސްޖިދުލް އަމީން ޖަލީލް އަދި ހުޅުމާލެ ސަހަރާ މިސްކިތުގެ ހާލަތު މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ބައްލަވާލައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި މޭޔަރުގެ އަރިހުގައި ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟް އާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އާއި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީޙް ޙަނީފްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތަކީ މި ދެ މިސްކިތުގައި ކުރަންޖެހޭ މަރާމާތުތަކާއި، މިހާރުވެސް ކުރިއަށްދާ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ނަމާދުކުރަން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ހުރި ގޮތް މި ޒިޔާރަތުގައި ވަނީ ބަލާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މިސްކިތްތަކަކީ އަބަދުވެސް ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މިސްކިތްތަކަކީ އާންމުންނަށް ހިތްފަސޭހަ އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލުން މެދުނުކެނޑި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިހާރު ޖުމްލަ 41 މިސްކިތެއް ހުރެއެވެ. މި ހުރިހާ މިސްކިތްތަކެއްގެ ބެލެހެއްޓުމާއި މަރާމާތުގެ މަސައްކަތްތައް ކައުންސިލުން އަންނަނީ ރާވައިގެން ކުރިއަށް ގެންދަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފިޚަބަރު | ގަޑިއިރެއް ކުރިންއޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 7 ދުވަސް ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 8 ދުވަސް ކުރިންސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 3 މަސް ކުރިން