logo
Bank of Maldives

Bank of Maldives

ޚަބަރު

ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖު ތަޅާލައި އައު ސްޓޭޖެއް އަޅަަނީ

އާމިނަތު ޝަފާ
6 ޑިސެމްބަރު 2024 - 11:50
ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖް// ފޮޓޯ: އައްޑޫ ލައިވް
ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖް// ފޮޓޯ: އައްޑޫ ލައިވް

ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖު ތަޅާލައި އައު ސްޓޭޖެއް އަޅަައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

އެ ކައުންސިލުން ވަނީ އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާނިވާ ސަރަހައްދުގައި އައު ސްޓޭޖެއް އެޅުމާ ބެހޭ މަސައްކަތުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހ. ހުޅުގަލި ގެ އެއްވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހެޅުން އޮތީ މި މަހުގެ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

އަލަށް އަޅާ ސްޓޭޖުގެ ކޮންސެޕްޓު ޑިވެލޮޕް ކުރުމާއި އިންޖިނިއަރިން ކުރެހުންތައް ވެސް ތައްޔާރު ކުރަންޖެހޭނީ ކައުންސިލުގެ ޓެކްނިކަލް އިރުޝާދުގެ ދަށުން މަސައްކަތާ ހަވާލުވާ ކުންފުނިންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ.

ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ކާނިވާ ސަރަހައްދުގައި = ހުންނަ ސްޓޭޖު މިހާރު ބޭނުންކުރަނީ ސިޔާސީ ހަރަކާތްތަކަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | މަހެއް ކުރިންއަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްޚަބަރު | މަހެއް ކުރިންނައްތާލަން ބޭނުންވާ މުޞްޙަފްތަކާއި ޙަދީޘް ފޮތްތައް މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމުގެ ފުރުސަތު!ޚަބަރު | 3 މަސް ކުރިންމަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 8 މަސް ކުރިން