logo
ޚަބަރު

އާސަހަރާ ހުޅުވަނީ މިސްކިތައް 3،200 އަކަފޫޓު އިތުރުކޮށްފައި: ސިޓީ ކައުންސިލް

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2024 - 11:49
އާސަހަރާ މިސްކިތް // ފޮޓޯ: މާލޭ ސިޓީ ކައުންސިލް
އާސަހަރާ މިސްކިތް // ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ އާސަހަރާ މިސްކިތް ހުޅުވަނީ 3،200 އަކަ ފޫޓު މިސްކިތައް އިތުރުކޮށްފައިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

"މެންދުރު އޮންލައިން" އިންއަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު ހުޅުވުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 165 ވަނަ ޢާއްމު ޖަލްސާއިން މިއަދު ނިންމައިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023 ވަނަ އަހަރުގެ މޭ މަހު، އާސަހަރާ މިސްކިތް، އަލުން ޢިމާރާތް ކުރުމަށް ޓަކައި ކުރިން ހުރި މިސްކިތް ބަންދު ކުރެވުނެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތި ވުމުގެ ސަބަބުން، މި މަސައްކަތް ދާންވީ ހަލުވި މިނުގައި ކުރިޔަށް ގޮސްފައެއް ނުވެއެވެ. މި މަސައްކަތާއި ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލް ކުރަން ޖެހުނެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު މަރާމާތަށް އާސަހަރާ ބަންދުކުރުމުން މާލެ، ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބާއްވައި ވަޅުލުމަށް ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ވަރަށް ގިނަ ދަތިތަކާއެކު ވެސް އާސަހަރާ މިސްކިތާއި އާސަހަރާގެ މަސައްކަތް ނިމި އަންނަ ހުކުރު ދުވަހު އާސަހަރާ މިސްކިތް ހުޅުވާނެވާނެކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

އާސަހަރާ މިސްކިތް ތަރައްގީކޮށްފައި ވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމް ވެސް ހުންނާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޞޫކުރާ ތަނެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށް ވަޑައިގެންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 24 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން