logo
MPL

MPL

ޚަބަރު

ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދާކާދަ ދިރުވައި އާލާކުރަން ޖެހޭ: އާޒިމް

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
11 އޮކްޓޯބަރު 2024 - 10:04
މާލެ ސިޓީ ކައުންސުލުން ބާއްވާ މަދަހަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސުލުން ބާއްވާ މަދަހަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދާކާދަ ދިރުވައި އާލާކުރަން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ވެސް ބައްވާ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރު ވިދާޅުވީ،ި މި ފަދަ މުބާރާތްތައް ބާއްވަނީ ހަމައެކަނި މާލެ ސޓީ ކައުންސިލުގެ މެންޑޭޓްގެ ތެރޭގައި މި ފަދަ މުބާރާތްތައް ބޭއްވުން ހިމެނޭތީއެއް ނޫންކަމަށެވެ. އަދި މި މުބާރާތްތައް ބާއްވަނީ، އިސްލާމްދީީނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގަދީމީ ޒަމާނުއްސުރު ދިވެހިންގެ ތެރޭގައި އޮތް، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދާކާދައަކީ، ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އެހެން ކަމުން ކުރީ ޒަމާނެއެކޭ އެއް ގޮތަށް، ކީތިރީ ގުރުއާނުގެ މޫރިތި އަޑުން، މި ސައްތައިން ސައްތަ މުސްލިމް މުޖުތަމުޢަށް ދިރުން ގެނައުމަށް ޓަކައި، ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދާ ދިރުވައި އާލާކުރުމަށް މޭޔަރު އިލްތިމާސްކުރައްވާފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | މަހެއް ކުރިންހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފިޚަބަރު | 5 މަސް ކުރިންއޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 5 މަސް ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 5 މަސް ކުރިން