ޓްވީޓަރއާއި ޓިކްޓޮކް ބޭން ކުރާކަށް ނޫޅެން - ސަރުކާރު


13 ޖެނުއަރީ 2025 - 12:49
ޓްވީޓަރ (އެކްސް)އާއި ޓިކްޓިކް ބޭން ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
މީސްމީޑިޔާގެ މި ދެ ވަޞީލަތް ބޭން ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވަނީ، އިދިކޮޅު އެމްޑީޕީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބުނެފައިވަނީ މިއީ ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކެއް ކަމަށެވެ.
މި ސަރުކާރުން ޓިކްޓޮކް އަދި ޓްވިޓަރ ބޭން ކުރަން މަސައްކަތް ކުރަމުންދާކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ޚިލާފު ބުހުތާނު ދޮގު ވާހަކައެއް ކަމަށާއި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރ ޢަލީ އިޙްސާން އާ ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުުރުން، ދައުލަތުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން ވާހަކަ ދައްކަވާއިރު، ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ނުދެއްކެވުމަށާއި، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޮޅޭގޮތަށް ވާހަކަ ނުދެއްކެވުމަށްވެސް އިޙްސާން ވަނީ އިލްތިމާޞް ކުރައްވާފައެވެ.
އިތުރު ލިޔުންތައް

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އިޙްސާން ޗައިނާގައި
7 މަސް ކުރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާ ވާނެ
6 މަސް ކުރިން
ސްޓޭޝަންތައް އަަޅަން އިންދިރާއަށް 3 މިލިއަން ޑޮލަރު ދިން، ޢަމަލީ މަސައްކަތެއް ފެންނަން ނެތް
6 މަސް ކުރިން