logo
MPL

MPL

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އިޙްސާން ޗައިނާގައި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
10 ސެޕްޓެމްބަރު 2024 - 13:03
ޗައިނާގެ ވަޒީރާއެކު ރާއްޖޭގެ ދާޚިލީ ވަޒީރު އަލީ އިޙްސާން -- ފޮޓޯ/ ޗައިނާގެ މީޑިޔާ
ޗައިނާގެ ވަޒީރާއެކު ރާއްޖޭގެ ދާޚިލީ ވަޒީރު އަލީ އިޙްސާން -- ފޮޓޯ/ ޗައިނާގެ މީޑިޔާ

ރަސްމީ ދަތުރުފުޅެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނު ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.

ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ އެގައުމުގައި ބާއްވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ޕަބްލިކް ސެކިއުރިޓީ ވަޒީރު ވަންގް ޝިއަހޮންގެ ދަޢުވަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދަތުރުގެ މައުލޫމާތު ދެމުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ، ވަޒީރުގެ އެ ދަތުރުފުޅުގައި ޗައިނާ އަދި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރާނެ ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަންގައި ޖުމްލަ 122 ގައުމެއްގެ 2،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | މަހެއް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | މަހެއް ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | 2 މަސް ކުރިން