logoEN
ޚަބަރު

100 ރުފިޔާގެ އާ ނޫޓު މި މަހު ނެރެނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 ޖެނުއަރީ 2025 - 16:10

100ރ. އާ ނޫޓް ތައާރަފު ކުރަން ނިންމައިފި އެވެ.

މި ނޫޓުތައް ނެރުމަށް ހަމަޖެހިފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި، ރުފިޔާގެ ނިޝާން ވެސް ހިމަނައިގެންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އަލަށް ޗާޕްކުރި މި ނޫޓް ތައާރަފުކުރާނީ މި މަހުގެ 19 ގައި ކަމަށެވެ. މި ނޫޓްގައި ރުފިޔާގެ ނިޝާން ނޫޓްގެ ދެ ފަރާތުގައި ހިމަނާފައިވާނެ އެވެ.

undefinedއާ ނޫޓުން ފެންނާނެ ބަދަލުތައް

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓަކީ 2016 ގައި ތައާރަފުކުރި ނޫޓް ސީރީޒެކެވެ.

މިއީ އެ ނިޝާން ތައާރަފުކުރި ފަހުން ނިޝާނާ އެކީ ދިވެހި ރުފިޔާގެ ނޫޓެއް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ. އެ ނިޝާން ތައާރަފުކުރީ ޖުލައި 16، 2022 ގަ އެވެ.

ކޮމެންޓް

871x217_placeholder