logo
MPL

MPL

ޚަބަރު

ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
6 ސެޕްޓެމްބަރު 2024 - 06:13
ފޮޓޯ--/ އެމްއެމްޢޭ
ފޮޓޯ--/ އެމްއެމްޢޭ

ބޭންކުން އެންމެ ގިނަ ލޯނުތައް ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު މި މިއަހަރު ލޯން ދޫކުރެވުނު އަދަދު މިވަނީ %08 އިތުރުވެފައެވެ. އެ އިދާރާއިން ނެރުނު އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިދިޔަ ޖުލައި މަހުގައި އެންމެ ގިނަ ލޯނު ތައް ދޫކުރެވުނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްުމު އެކި އެކި މަސައްކަތްތަކާއި ވަސީލަތްތަކާއި ޙިދުމަތްތައް ގާއިމްކުރުމަށްކަމަށެވެ. އެގޮތުން އެމްއެމްއޭ އިން އެންމެ ގިނަ ލޯންތައް ދޫކުރީ އާ ރިސޯޓުތައް ތަރައްގީ ކުރުމަށާއި، ރިސޯޓުތައް މަރާމާތް ކުރުމަށް ކަަމަށް އެމްއެމްއޭ ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭގެ މި ރިޕޯޓަށް ބަލާލާއިރު ފާއިތުވެ ދިޔަ މަސްތަކުގައި ފަތުރުވެރިކަމުގެ އިތުރަށް އެހެން ވިޔަފާރިތަކަށް ދޫކުރެވުނު ލޯނުތަކުގެ މިންވަރު މިވަނީ އިތުރުވެފައެވެ. އެގޮތުން އެ އިދާރާއިން އާއްމު ކުރި މިރިޕޯޓުގައި ވާގޮތުން ކުރިއާއި ބަލާފަ އިމާރާތްކުރުމަށް ދެވުނު ލޯނު ތަކުގެ އަދަދުވެސް މިވަނީ އިތުރުވެފައެވެ. މިދިޔައަހަރާއި ބަލާއިރު އިމާރާތްކުރުމުގެ ދޫކުރެވުނު ލޯނުތައް 25% ވަނީ އިތުރުވެފައެވެ. އެމްއެމްއޭ ބުނިގޮތުގައި އިމާރާތް ކުރުމަށް ދޫކުރެވުނު ލޯނުތައް އިތުރުވީ ގިނަ އަދަދައްގެ އިމާރާތްކުރުމުގެ މަޝްރޫއުތައް ފެށިގެން ކުރިއަށްދާތީ ކަމަށެވެ.

ވިޔަފާރިތަކަށް ދޫކުރާ ލޯނުތައް އިތުރުވުމަކީ ވިޔަފާރިތައް ކުރިއަރައިގެންދާކަމުގެ ހެއްކެއް ކަމަށާއި އޭގެއިންވެސް ދޭހަވަނީ ވިޔަފާރިތައް އަންނަނީ އިތުރަށް ފުޅާވަމުން ކަމަށް ވެސް އެމްއޭއިން ހާމަކުރެއެވެ،

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވައްދަން އަންނަ އަހަރު ފިޔަވަޅުތައް ވަރުގަދަކުރަނީޚަބަރު | 9 ދުވަސް ކުރިންބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއްވިޔަފާރި | 18 ދުވަސް ކުރިންބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | މަހެއް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | މަހެއް ކުރިން