logo
MPL

MPL

ޚަބަރު

ރާއްޖެ ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވައްދަން އަންނަ އަހަރު ފިޔަވަޅުތައް ވަރުގަދަކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ނޮވެމްބަރު 2026 - 03:06
ރާއްޖެ ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވައްދަން އަންނަ އަހަރު ފިޔަވަޅުތައް ވަރުގަދަކުރަނީ

ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން މިހާރު ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުދަނާކޮށް ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ އިތުރުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ޖަމާކުރުން ހަރުދަނާ ކުރުމަށް މުހިންމު އުސޫލުތަކެއް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ނިޒާމަށް ވަންނަކަން މޮނިޓަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، މިހާރު ހުރި ފައިސާ ދައުރުކުރުމުގެ އިތުރުން އެތެރެވާ ހުރިހާ ފައިސާއެއް ބޭންކިން ނިޒާމަށް ވެއްދުމަށް ވަރަށް ބޮޑަށް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ރިސޯޓުތަކާއި ވިޔަފާރިތަކުން އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ބަހައްޓަން އަންގާފައިވާ ކަމަށާއި، އެކަން ގާތުން ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިޔަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ އޭގެ ތެރެއިން 3.8 ބިލިޔަން ޑޮލަރެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނަމަ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން ރިސޯޓުތަކުން ޓެކްސް ދެއްކުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގަވަރުނަރު ވިދާޅުވީ:

"އަޅުގަނޑުމެންނަށް މީރާއިން ޝެއާ ކޮށްފައިވާ ހިސާބުން، 185 ރިސޯޓްގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓެއް އިނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮމްމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،"

ބަޖެޓާއި އިގުތިޞާދީ އައުޓްލުކް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަވަރުނަރު ފާހަގަކުރެއްވީ ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވި ނަމަވެސް، ޑެފިސިޓް ބޮޑުވުމަކީ ދަރަނި އިތުރުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ބަޖެޓު ފައިނޭންސް ކުރުމުގެ ކަންކަން ހަރުދަނާ އުސޫލަކުން ގެންދިއުމަށް ބާރުއެޅުއްވިއެވެ. އަދި މި އަހަރު އެންމެ ބޮޑު ފައިނޭންސިންއެއް ހަމަޖެހިފައިވަނީ އެތެރޭގެ ބާޒާރުން ކަމަށްވާތީ، ބޭރުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އިގުތިޞާދީ ހާލަތާއި ހަނގުރާމަތަކުގެ ސަބަބުން މި އަހަރުގެ ޖީޑީޕީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަށްކޮށް ރިވައިޒްކުރަން ޖެހުނު ނަމަވެސް، ކަނެކްޓިވިޓީ ފުޅާވެ، މާކެޓިން ކެމްޕޭނުތައް ހަރުދަނާކުރުމާއެކު އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވައްދަން އަންނަ އަހަރު ފިޔަވަޅުތައް ވަރުގަދަކުރަނީޚަބަރު | 39 މިނިޓު ކުރިންބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއްވިޔަފާރި | 9 ދުވަސް ކުރިންބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | މަހެއް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | މަހެއް ކުރިން