logo
ވިޔަފާރި

ޖުމްލަ ރިޒާވަށް 49 މިލިއަން އިތުރުވެ، ރިޒާވު 443 މިލިއަން ޑޮލަރަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ސެޕްޓެމްބަރު 2024 - 09:04
މަރުކަޒީ ބޭންކް އެމްއެމްއޭ
މަރުކަޒީ ބޭންކް އެމްއެމްއޭ

ދައުލަތުގެ ރަސްމީ ރިޒާވު 443.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ހުސްވި ޖުލައި މަހުގައި ރަސްމީ ރިޒާވުގައި ހުރީ 395.43 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މި ދިޔަ މަސް ނިމުނުއިރު ރިޒާވަށް ވަނީ 49 މިލިއަން ޑޮލަރު އިތުރުވެފައެވެ. އެއާއެކު މުޅި ޖުމްލަ ރިޒާވް ވަނީ 443.8 މިލިއަން ޑޮލަރަށް އިތުުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު ދައުލަތުގެ ޔޫސަބަލް ރިޒާވް ނުވަތަ ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަސް ނިމުނު އިރު 43.65 މިލިއަން ޑޮލަރުގައި ހުރި ޔޫސަބަލް ރިޒާވް ވެސް ވަނީ 61 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ހުސްވި ޖުލައި މަހާ އަޅާބަލާއިރު 17.6 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މި މަހަށް ބަލާއިރު ދައުލަތުގެ ޔޫސަބަލް ރިޒާވް އިތުރުވި ނަމަވެސް، އެ ޢަދަދަކީ ގާތްގަޑަކަށް މަހެއްގެ ޒަރޫރީ މުދާ އެތެރެކުރެވޭ ވަރުގެ އަދަދެކެވެ.

މި އަހަރު ފެށުނު އިރު 551 މިލިއަން ޑޮލަރުގައި ހުރި ޖުމްލަ ރިޒާވް، މިދިޔަ މަސްތަކުގައި ދަށްވި ނަމަވެސް، މި އަހަރު ނިމޭއިރު އެ ރިޒާވް 600 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމުގައި މަރުކަޒީ ބޭންކުން އަންދާޒާ ކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | 16 ދުވަސް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | 17 ދުވަސް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | 19 ދުވަސް ކުރިންއެމްއެމްއޭގެ ތަމްވީލް ފިންލިޓް ފެސްޓިވަލް ތަޢާރަފުކޮށްފިޚަބަރު | 22 ދުވަސް ކުރިން