logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
21 އޯގަސްޓު 2024 - 15:35
އެމްއެމްއޭ
އެމްއެމްއޭ

ރާއްޖޭގައި ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން މަހުން މަހަށް އާންމުކުރަމުންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރާއްޖޭގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު އެމްއެމްއޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ.

އެމްއެމްއޭއިން އެގޮތަށް ބުނެފަިއވާއިރު، ރާއްޖޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު އެއޮތޯރިޓީން ދީފައި ވަނިކޮށް، ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު ވަނީ އެއްކޮށް ހުސްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | 18 ދުވަސް ކުރިންޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައިޚަބަރު | މަހެއް ކުރިންކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންއެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީޚަބަރު | މަހެއް ކުރިން