ދިވެހި ގައުމީ ބިންގާ އަލުން އިޔާދަކޮށް އާރާސްތު ކުރަން ޖެހޭ: އާދަމް ނަސީރު
.jpg&w=96&q=75)
7 ސެޕްޓެމްބަރު 2024 - 13:27

ދިވެހި ގައުމީ ބިންގާ އަލުން އިޔާދަކޮށް އާރާސްތު ކުރަން ޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކަޔާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަތޮޅު ފެންވަރުގައި ގަަައުމީ ދުވަސް ފާހަގަކުރުމނަށް ށ، މާއުނގުދޫފައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދާމް ނަސީރު ވިދާޅުވީ، ދިވެހި ގައުމީ ބިންގާ އަލުން އިޔާދަކޮށް އާރާސްތު ކުރަން ވެއްޖެ ކަމަށާއި، ރައީސް ޑރ،. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެމްނަިކުފާނު އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމެއް ގޮތުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިން އަލުން ދިވެހީންގެ ގޮތުގައި އިޔާދަކުރެއްވުން ކަމަށެވެ.

Ad by Hajj Corporation
އެގޮތުން ދިވހެިންގެ ފިކުރީ އެއްބައިވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމާއި، ދިވެހިންގެ ގައުމީ ސަލާމަތާ ގުޅިފައި ހުރި ކަންކަމުގައި ޒަމާނުއްސުރެ މިނިވަންކަންމަތީ ދެމިތިބި ސިއްރު އަލުން ހޯދައި ދިވެހިންގެ ވިސްނުމުގެ ތެރެއަށް އަލުން ގެނެސްދެއްވުން ކަމަށާއި ގައުމީ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ދެއްވި ޖަލްސާގައި ގެނެސްދެއްވި ތަގްރީރުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ.
" އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގެ މަގާމަށް ހުންނެވި އިރުވެސް އެމަނިކުފާނަކީ ވަރަށް ގިނަ ރައްޔިތުންގެ އިހުސާސްތައް އަޑުއެއްސެވި، އަދި އަޑުއައްސަވަމުން ގެންދެވި ބޭފުޅެއް. އެމަގާމުގައި ހުންނަވައިގެންވެސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މަގާމަށް ހިވިވަޑައިގެންނެވި ފަހުގައިވެސް ރައްޔިތުންގެ ބައްދަލުވުންތައް ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކަންކަން ކުރިއަށްގެންދެވި." އާދަމް ނަސީރު ވިދާޅުވިއެވެ.
އާދަމް ނަސީރު ވިދާޅުވީ، ގައުމު ހިންގުން ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި އަމާނާތް ހަވާލުކުރެއްވި އިރުވެސް ރައްޔިތުންގެ އަޑު އައްސަވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ އެއްބައިވަންތަކަމާއި، ދިވެހި ގައުމިއްޔަތުގެ ވާހަކަ ވަރަށް ބޮޑަށް އެމަނިކުފާނުގެ ތަގުރީރުގައިވެސް ފާހަގަކުރެއްވި ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.
ދިވެހިންނަކީ އެއް ތަޖުރިބާތަކަކުން ލާމެހިގެން އަންނަ ބައެއްކަން ފާހަގަކުރައްވައި އާދަމް ނަސީރު ވިދާޅުވީ، ގައުމީ ދުވަސް ހަނދާންކޮށްދެނީ އެއްބައިވަންތަވުމަށާއި، އެއްދީނެއްގެ ގޮތުގައި ދެމިތުބުން ކަމަށެެވެ.