logo
MPL

MPL

ޚަބަރު

އެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޭޕްރީލު 2025 - 09:18
އެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު

އެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށްކަމަށް ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި ވާހަކަ ދެއްކެވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި މި ސަރުކާރުން މިސްކިތުގައި އެއްވެސް ތަނބެއް ޖަހާފައި ނުވާ ކަމަށާއި، އެއީ ކުރީގެ ސަރު ސަރުކާރުން ޖަހާފައިވާ ތަނބުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޭރު މަސައްކަތް ކޮށްފައި އޮތީ މިސްކިތުގެ އަސްލު މުޅިން ގެއްލޭ ގޮތަށް. ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން. އެހެންވީމަ، މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި. އެ ގެއްލުންވެފައި ވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން އިހުމާލުވެފައި ވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ނަސީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ޕްލޭން އޮތީ އާސާރީ މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މިގޮތުން، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިސްކިތުގެ އަސްލު ރައްކާތެރިކޮށް، އޭގެ ތާރީޚީ އަގު ހިފެހެއްޓޭނެ ގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 2 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 2 ދުވަސް ކުރިންބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | 3 ދުވަސް ކުރިން2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 3 ދުވަސް ކުރިން