logo
ޚަބަރު

ޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޗީފްއާ ވަޒީރު ބައްދަލުކުރައްވައިފި

ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ވުޒާރާ
ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ވުޒާރާ

ޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ، މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ބައްދަލުކުރައްވައިފިއެވެ.

ޗީފް ޖުންހީ އަކީ، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި، ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ޔުނެސްކޯގެ އެހީގައި، ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ހިނގާތާ މިހާރު 13 ވަރަކަށް އަހަރުވެއްޖެކަމާއި، އެ ކަމަށް ކުރު އަވަސް މަގެއް ހޯދުމުގެ ޝައުޤުވެރިކަން މި ސަރުކާރުގައި އެބަ އޮތްކަން ވަޒީރު ފާޅުކުރެއްވިއެވެ. އެ ކަމަށް އިޖާބަދެއްވައި ޖުންހީ ވަނީ މަސައްކަތުގެ ވަގުތު ރޮނގެއް ވަޒީރާ ހިއްސާކުރައްވައި، އެ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ކުރަންހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމާފައެވެ.

GqQVetVbAAMVV8L.jpeg

ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ،

ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާގެ މިދަތުރުފުޅުގައި، މާލެގައި ހުރި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ، މާލޭ ހުކުރު މިސްކިތް، ކަޅުވަކަރު މިސްކިތް އަދި ޢީދު މިސްކިތަށް ވަނީ ޒިޔާތްކުރަށްވާ އެތަންތަން ބައްލަވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 3 މަސް ކުރިންޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޗީފްއާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންއެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު ޚަބަރު | 5 މަސް ކުރިންޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފިޚަބަރު | 7 މަސް ކުރިން