logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެރަށަށް ބަދަލުކޮށްދޭން އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2025 - 15:56
މާލޭ ހުކުރު މިސްކިތް، ފޮޓޯ: ސްކެޗްފެބް
މާލޭ ހުކުރު މިސްކިތް، ފޮޓޯ: ސްކެޗްފެބް

މާލޭ ހުކުރު މިސްކިތުގައި ހުންނަ ''ދެއްވަދޫ ރަސްގެފާނު''ގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރުމަކީ އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ހޯމަ ދުހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް މިއަދު މަޖިލީހަށް ވަޑައިގެން އާންމު އުސޫލުގެ ދަށުން ސަމީރުގެ ސުވާލަށްފަހު އެހެން މެމްބަރުންގެ ސުވާލުތަކަށް ވަނީ ޖަވާބު ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރާއި ސުވާލުކުރުމުގެ ވަގުތުގަައި ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު ވަނީ ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް ވިދާޅުވެފައެވެ.

މި ސުވާލާއި ގުޅޭގޮތުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވަނީ މިއީ ވިސްނާލަންޖެހޭ މައްސަލައެއް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚީ ތަރިކައިގެ މުހިންމު ބައެއް ކަމަށްވާތީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި ފުންކޮށް ވިސްނަންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދެއްވަދޫ ރަސްގެފާނަކީ އައްޑޫ ބޮޑު ފަނޑިޔާރު އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ހުވަދު އަތޮޅު ވާދޫން ކުރެއްވި ކައިވެންޏަކުން ލިބި ވަޑައިގެންނެވި ދަރިކަލެއް ކަމަށްވާ އަލްހާއްޖު އަލީ ތުއްކަލާ އެއަތޮޅު ދެއްވަދޫން ކުރެއްވި ކައިވެންޏަކުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މި ރަސްގެފާނުގެ ދަރިކޮޅަކީ ބޮޑެތި ޢިލްމުވެރިންތަކެއް އެ ދަރިކޮޅަށް ނިސްބަތްވާ ދަރިކޮޅެކެވެ.

ދެއްވަދޫ ރަސްގެފާނަކީ ނިކަމެތިންނަށް އަޅާލެއްވި ރަސްކަލެއްގެ ގޮތުގައި ތާރީޚުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނުގެ ވެރިކަން އައިއިރު ރާއްޖޭގައި ނިކަމެތިން އަޅުންގެ ގޮތުގައި ގެންގުޅެ އެ މީހުން ލައްވައި އުޖޫރަޔަކާ ނުލައި މަސައްކަތް ކުރުވަ އެވެ. އަދި އެފަދަ މީހުން ބާޒާރުގައި ވިއްކާ ވެސް ލަ އެވެ. އެކަމަކު ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި މިކަން ހުއްޓުމަކަށް ގެންނެވި އެވެ. އެއްވެސް މީހަކު ލައްވައި އުޖޫރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވުން މަނާ ކުރެއްވި އެވެ.

ދެއްވަދޫ ރަސްގެ ރަސްގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 1112 ވަނަ އަހަރުގެ ޝައުބާން މަހުގެ ހަވަނަ ދުވަހު އެވެ. އަދި ފަސްދާނުލެވިފައިވަނީ މާލޭގެ ހުކުރު މިސްކިތުގެ ގޯތިތެރޭގައެވެ.

ދެއްވަދޫ ރަސްގެފާނަކީ ޝާހީ އާއިލާއަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އެހެނަސް، ވެރިކަމުގައި ހުންނެވި ސައްޔިދު ރަސްގެފާނު އަވަހާރަވިއިރު ދަރިކަލެއް ނެތުމުގެ ސަބަބުން، ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތެވެ. އެމަނިކުފާނުގެ ވެރިކަން ކުރިއަށް ގެންދެވީ މީލާދީން 1702 އިން 1711 އަށެވެ.

.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނާ ކައިވެނިކުރާ ބިދޭސީންނަށް އާސަންދަ ނުލިބޭތީ ހުށަހެޅި ގަރާރު ބަލައިގަނެފިޚަބަރު | 5 ގަޑިއިރު ކުރިންއެސްއީޒެޑް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންމާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެރަށަށް ބަދަލުކޮށްދޭން އެދިއްޖެޚަބަރު | 2 ދުވަސް ކުރިންމީޑިއާ ކޮމިޝަނަށް ޢައްޔަނުކުރަން ކޮމެޓީއަށް ފެންނަ ތިން ނަން ފާސްކޮށް ރިޕޯޓް ނިންމައިފިޚަބަރު | 2 ދުވަސް ކުރިން