logo
Bank of Maldives

Bank of Maldives

ޚަބަރު

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް ވަޒީރު އައްޑޫ ސިޓީ ހިތަދުއަށް!

މުޙައްމަދު އަފްރާޙް
13 ފެބްރުއަރީ 2026 - 19:42
ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް ވަޒީރު އައްޑޫ ސިޓީ ހިތަދުއަށް!

މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ސ. ހިތަދުއަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ޚާއްޞަ މުޝީރު ނިޝަން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އުތީމު އާދަމް ޢަބްދުއްރަޙުމާނާއި، ވުޒާރާގެ ބައެއް އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރާ މި ރަސްމިއްޔާތަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި އެތައް ޅެންވެރީންނެއް ބައިވެރިވެވަޑައިގަތެވެ.

ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ޚާއްޞަވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ހިތަދޫގައި ކުރިއަށްދާއިރު، ދުވަހުގެ ރަސްމީ ޖަލްސާ ތަހުސީސްކުރެވިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ޙަސަން ލަބީބަށެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފެބުރުވަރީ 14 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް ވަޒީރު އައްޑޫ ސިޓީ ހިތަދުއަށް!ޚަބަރު | 2 ގަޑިއިރު ކުރިން ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ މަސައްކަތެއް: ވަޒީރު އާދަމް ނަޞީރުޚަބަރު | 3 މަސް ކުރިންމާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެރަށަށް ބަދަލުކޮށްދޭން އެދިއްޖެޚަބަރު | 4 މަސް ކުރިންދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 8 މަސް ކުރިން