logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ

އަޙްމަދު ޒަލީފް
9 ޖޫން 2025 - 05:38
ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށެވެ.

"ތަރިކައިގެ ދާއިރާއެކޭ މި ދެންނެވޭ ބަހުގެ މާނައަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަޤާފަތްވެސް އޭގެ ސާފު މާނައިގައި ދޭހަވުން. ތަރިކައަކީ ނުވަތަ ތަރިކައަށް ނުވާ އެއްޗަކީ ކޮބައިކަން އޭގެ ސާފު މާނައިގައި ދޭހަވުން." ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިއްދިއްޖެނަމަ އެކި ތަންތަން ފަރުމާކުރާއިރުވެސް ދިވެހީންގެ ސިފަތަކުން ފަރުމާ ވެގެންދާތަން ފެންނާނެކަން ޤަބޫލުކުރައްވާކަމަށާއި، ގެސްޓްހައުސްތައް ފަރުމާކުރުންކަމުގައިވިޔަސް، ރެސްޓޯރަންޓްތައް ކަމުގައިވިޔަސް ނުވަތަ ކާއެއްޗެހި ވިއްކާ ތަނެއްކަމުގައިވިޔަސް އަދި މަގުހެދުން ނުވަތަ ގަސް އިންދުން ކަމަށްވިޔަސް، މިއިން ކޮންމެ ކަމެއްގައިވެސް ދިވެހީންގެ ސިފަތަކުން ސިފަ ލިބިގެންވާ ގޮތް ފެންނަމުންދާނެކަން ޤަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ދިވެހީންގެ މިނިވަންކަމަށް މަސައްކަތްކުރާނީ ދިވެހީންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް ވަޒީރު އައްޑޫ ސިޓީ ހިތަދުއަށް!ޚަބަރު | 2 މަސް ކުރިން ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ މަސައްކަތެއް: ވަޒީރު އާދަމް ނަޞީރުޚަބަރު | 5 މަސް ކުރިންމާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެރަށަށް ބަދަލުކޮށްދޭން އެދިއްޖެޚަބަރު | 6 މަސް ކުރިންދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 10 މަސް ކުރިން