logo
ޚަބަރު

ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފި

ހުސައިން ވަސީމް
27 ފެބްރުއަރީ 2025 - 07:50
ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް ހއ އުތީމުގައި މިއަދު ފަށައިފި އެވެ.

މި ކަން ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާ މިފަދަކމެއް ކުރުމުގެ ބޭނުމަކީ ދިވެހިރައްޔިތުންގެ މެދުގައި ދައުލަތް ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ވިސްނުން އުފެއްދުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މިހާތަނަށް ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ މީހުންނަށް ގައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

ގައުމުގެ މިނިވަންކަން މިއަދާ ހަމައަށް ދެމިއޮތީ ކާބަފައިން ކުރި ބުރަ މަސައްކަތުން ކަމަށާ އެކިފަހަރު މަތީން ރާއްޖޭގެ މިނިވަންކަން ގެއްލުވާލާ އަޅުވެތިކުރުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތީ އޭރު ބަޔަކު ކުރި ބުރަމަސައްކަތުން ކަމަށެވެ.

ރާއްޖެއަކީ ދުވަސްވީ ގަދީމީ ގައުމެއްކަން ހޯދުން ތަކުން އެނގޭ ކަމަށާ ދިވެހި ދައުލަތެއް ހިނގަމުންދާތާ 4000 އެއްހާ އަަހަރު ވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާލާފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތް ދިވެހިބަހާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ވަނީ އިފްތިތާޙްކޮށްފައެވެ.

ހއ.ތަކަންދޫ ތާރީޚީ ތަރިކަތައް ދިރާސާކުރުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާރާއާއި، އިޤުތިޞާދީ ކަންކަމާ ބެހޭ ވުޒާރާއާއި ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާ ގުޅިގެން ވަނީ ތަކަންދޫގައި ސަރވޭ އެއް ކުރިއަށް ގެންގޮސްފަ އެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ހއ.ތަކަންދޫ ކައުންސިލް ތަމްސީލުކުރައްވާ ފަރާތްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 3 މަސް ކުރިންޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޗީފްއާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންއެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު ޚަބަރު | 5 މަސް ކުރިންޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފިޚަބަރު | 7 މަސް ކުރިން