logoEN
ޚަބަރު

18 އަހަރު ފުރޭ ކޮންމެ ކުއްޖަކު ޕީއެންސީއަށް ވައްދަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީއެންސީގެ މައި ޖަގަހަ -- ފޮޓޯ: ދިޔަރެސް

ޕީއެންސީގެ މައި ޖަގަހަ -- ފޮޓޯ: ދިޔަރެސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

15 ޖެނުއަރީ 2025 - 05:52

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާ ބޭސް ބޭނުންކޮށްގެން، 18 އަހަރު ފުރޭ ކޮންމެ ކުއްޖަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ވައްދަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ ހޯމް މިނިސްޓަރު އަލީ އިޙްސާން ދޮގުކުރައްވައިފިއެވެ.

ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން 18 އަހަރު ފުރޭ ކޮންމެ ކުއްޖަކު ޕީއެންސީއަށް ވައްދަން އުޅޭ ކަމަށް ބުނެ، އެފަދަ ވާހަކައެއް ސޯޝަލް މީޑީޔާގައި އެންމެ ފުރަތަމަ ހާމަކުރީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ.

އެގޮތުން ރޭ ވަހީދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މި އަހަރު 18 އަހަރު ފުރޭ ކުދިންގެ މައުލޫމާތު ޑީއެންއާރް އިން ހޯދައި، ވަޒީރު އިޙްސާނުގެ ބެލުމުގެ ދަށުން އެކުދިންގެ ނަމުގައި މިހާރު ފޯމުތައް ފުރައި، އެ ކުދިންނަށް 18 އަހަރު ވުމުން އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުކޮށް، ޕީއެންސީގެ އޮފީހުގައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

undefinedއެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) -- ފޮޓޯ: އެމްޑީޕީ

އެހެން ނަމަވެސް އެ ޕޯސްޓު، ރީ-ޕޯސްޓު ކުރައްވައި އެކަން ދޮގު ކުރައްވަމުން ވަޒީރު އިޙުސާން ވަނީ، އެކަމަކީ ނިމުނު އެމްޑީޕީގެ ސަރުކާރުގައި ކުރަަން ވިސްނެވި ކަމެއްތޯ ސުވާލުކުރައްވާފައެވެ. އަދި ވަޒީރު ވިދާޅުވީ، އެފަދަ ޚިޔާލެއް ނުގެންގުޅުއްވާ ކަމަށާއި، އެފަދަ ދޮގުތަކަށް ޖަވާބު ދޭނެ ވަގުތާއި ފުރުސަތު ވެސް ނުލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް މީހުންގެ ބޮލުގައި އެފަދަ ބޮޑެތި ދޮގު އިލްޒާމްތައް އެޅުވުމަށް ވުރެ، އެމްޑީޕީގެ ސިޔާސާތުތަކުގެ ރަނގަޅު ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރުން މާ ރަނގަޅުވާނޭ ކަމުގައި ވެސް ވަޒީރު އިޙުސާން ވިދާޅުވިއެވެ.

View post on Twitter

ވަޒީރު އެފަދައިން ވިދާޅުވިއިރު، ވަޒީރު އިޙްސާން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނާ އެކު އެ ގައުމުގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder