މާލޭ މަގުމަތިން ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެ
![މާލެ ސިޓީ: މަގެއްގެ މަތިން ޒަޙަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ވަނީ ފެނިފައި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F%C3%9E%C2%8B%C3%9E%C2%90%C3%9E%C2%90.jpg&w=3840&q=75)
މާލެ ސިޓީ: މަގެއްގެ މަތިން ޒަޙަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ވަނީ ފެނިފައި
![އައިޝަތު ދިޔާނާ އަލީ ރިޔާޒް](/_next/image?url=%2Fuser.jpg&w=3840&q=75)
15 ޖެނުއަރީ 2025 - 06:19
މާލޭގެ ހެންވޭރުގެ މަގެއްގެ މަތިން ޒަހަމްތަކަކާ އެކު ވެއްޓިފައި މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، ސެނެހިޔާ ހޮސްޕިޓަލް ކައިރިން ދިވެހި ފިރިހެނަކު ޒަހަމްތަކަކާއި އެކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައެއް ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފައެވެ. އެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، އެމީހާ އަށް ސެނެހިޔާ ހޮސްޕިޓަލް އިން ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް އަދި ނުވާއިރު، އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބަންދުކޮށްފައިވަނީ ހެންވޭރުގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލުގެ ފަހަތަށް އޮންނަ ރަތްވިލާ ހިނގުމެވެ.
މާލޭގެ މަގެއްގެ މަތިން ޒަހަމްތަކަކާ އެކު މީހަކު ވެއްޓިފައި އޮއްވައި ފެނުނު އިރު، ފާއިތު ވި މަސްތަކުގައި މާލެ ސަރަހައްދުގައި ގޮތް ނޭނގޭ ގިނަ މަރުތަކެއްގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެފަދަ ގިނަ މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އިތުރު ލިޔުންތައް
![ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2F399162_3_d73a62808b5ce1b06fde6fec0e7e2f3232dcd65c_large.jpg&w=3840&q=75)
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
5 މަސް ކުރިން![ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2Fimg_md_202408250909031724602143.5352%20(1).jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
5 މަސް ކުރިން![މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2Fbig_DAk6BWRC5FX2r9I9nbbyQPyAw.jpg&w=3840&q=75)
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
5 މަސް ކުރިން![81,000 ޑޮލަރާއެކު ހިފެހެއްޓި މީހާގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2Fcae40ccc-3096-470c-b138-26980d21d45a.jpg&w=3840&q=75)