logoEN
ޚަބަރު

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކޮށް، މުވައްޒަފަށް ހަމާލާދިން މީހާގެ ވަނަވަރު ހާމަކޮށްފި

ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާ ދިނަ މީހާ. -- ފޮޓޯ: ފުލުހުން

ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާ ދިނަ މީހާ. -- ފޮޓޯ: ފުލުހުން

ސުދާ ލަތީފްސުދާ ލަތީފް

15 ޖެނުއަރީ 2025 - 06:52

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން މަސައްކަތްކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރި އެކުންފުނީގެ މުވައްޒަފަކަށް ހަމާލާދިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް 2 ރީތިގަސްމަގުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު، ރޭގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުމާއި މާރާމާރީ ހިންގި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. ބިލައްފެހި، ޗަނބޭލީގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޒަލީފެވެ. ފުލުހުން ވަނީ މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރޭ 21:00 ހާއިރު ހިނގި މި ހާދިސާގައި، ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރި މީހާ ހުއްޓުވުމަށް، ސްޓެލްކޯ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރެއިން މުވައްޒަފަކަށް ޒަލީފް ވަނީ ހަމަލާދީ މާރާމާރީ ހިންގާފައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ. އެހެން ނަމަވެސް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން އެ މުވައްޒަފު ވަނީ ފަރުވާ ހޯދާފައެވެ.މިހާދިސާގައި ޓްރާންސްފޯމަރަށް ގެއްލުން ލިބުމުގެ ސަބަބުން އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ޚިދުމަތް މެދުކެނޑިފައިވެއެވެ. އަދި އެކަން ހައްލުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ރޭ ހިނގި ޙާދިސާގައި އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާ ކަމަށާއި، އެކުންފުނީގެ މުވައްޒަފުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހައްލުކުރުމަށް އެ ކުންފުނީގެ ފަރާތުން މަސައްކަތް ކުރާނެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder