އިގިރޭސި ޕްރީމިއަރ ލީގު: ނޯރތް ލަންޑަން ޑަރބީ ކާމިޔާބުޮށް އާރސެނަލް ތާވަލުގެ ދެވަނައަށް

މެޗްވިނަރ ޓްރޮސާޑް ރޭގެ މެޗުގައި. ފޮޓޯ: އާރސެނަލް

16 ޖެނުއަރީ 2025 - 06:38
އިނގިރޭސި ޕްރިމިއަރ ލީގުގެ ނޯތު ލަންޑަން ޑާބީގައި އާރސެނަލް ވަނީ ޓޮޓްނަމް ހޮޓްސްޕަރ އަތުން 2-1 އިން މޮޅުވެއްޖެއެވެ. ރޭގައި ކުޅުނު މި މެޗުގައި އާރސެނަލް އަށް މޮޅުކޮށްދިނީ ޓްރޮސާޑުގެ ލަނޑުންނެވެ.މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޓޮޓެންހަމްގެ ސަން ހޫންގް-މިން 25 ވަނަ މިނެޓުގައެވެ. ނަމަވެސް، ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކީގެ އަތުން ބައިކޮޅަށް ވަތް ގޯލަކުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އަދި 44 ވަނަ މިނެޓުގައި ޓްރޮސާޑްގެ ވަރުގަދަ ޝޮޓަކުން އަރސެނަލް ވަނީ ލީޑު ހޯދާފައެވެ.މި މޮޅާއެކު އަރސެނަލް ވަނީ މި މުބާރާތުގައި މިސީޒަނުގައި ޓޮޓްނަމް އާއި ދެކޮޅަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.މީގެ ކުރިން ސެޕްޓެމްބަރު މަހު ކުޅުނު މެޗުގައި އަރސެނަލް ވަނީ 1-0 އިން މޮޅުވެފައެވެ. ރޭގެ މެޗުގައި ޓޮޓްނަމް މެޗު ފެށިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ޑިފެންސްގައިހެދުނު ގޯސްތަކާހުރެ މެޗު ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. ރޭގެ މެޗުން މޮޅުވުމުން 21 މެޗުން 43 ޕޮއިންޓާއެކު އަރސެނަލް ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ލީގުގައި އަރސެނަލް އެންމެ ފަހުން ކުޅުނު 11 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަރޕޫލްއާ ދެމެދު މިހާރު ވަނީ 4 ޕޮއިންޓުގެ ތަފާތެކެވެ. ޓޮޓެންހަމް މިވަގުތު އޮތީ 13 ވަނައިގައެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
7 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
6 މަސް ކުރިން