ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި


16 ޖެނުއަރީ 2025 - 07:35
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ވޯޓު ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފިއެވެ.
15 މަސް ދުވަހުގެ ހަނގުރާމައަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުންތަކާއެކު ޣައްޒާގައި ފަލަސްތީނުން އުފާފާޅުކުރަމުން ދާއިރު މި އެއްބަސްވުމަށް ރުހުން ދީފިނަމަ އަމަލުކުރަން ފަށާނީ ޖެނުއަރީ 19 ވާ އާދީއްތަ ދުވަހުކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.
ނަމަވެސް އިޒްރޭލުގެ ކެބިނެޓުން އެ އެއްބަސްވުމަށް ވޯޓަށް އަހަން ތައްޔާރުވަމުންދާ ދަނޑިވަޅުގައި ޣައްޒާއަށް ހަމަލާދީ 40 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ހަމާސްގެ އޮފިޝަލް އިއްޒަތު އަލް ރިޝޭގު ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ކަމަށާއި އޭގެ ތެރޭގައި އިސްރާއީލު ސިފައިން މުޅިން ފޭބުމާއި ގެދޮރު ގެއްލިފައިވާ މީހުން އެމީހުންގެ ގެތަކަށް އެނބުރި އައުމާއި ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް ގެނައުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމުގައި "އެތައް ސަތޭކަ މީހުންގެ އާއިލާތަކަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެނައުމަށް" ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 46،707 މީހުން ޝަހީދުވެ، 110،265 މީހުން ޒަޚަމްވެފައިވެއެވެ. އެދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ އަސީރުންގެ ގޮތުގައި ހިފަހައްޓަފާއެވެ.
އިތުރު ލިޔުންތައް

ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
2 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
މަހެއް ކުރިން
ޔަހޫދީން ޣައްޒާގައި ބޮޑު ލޭ އޮހޮރުވުމެއް ހިންގައި 9 މީހަކު ޝަހީދުކޮށްލައިފި
25 ދުވަސް ކުރިން