logoEN
ދުނިޔެ

އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި

އާމިނަތު ސަފާއާމިނަތު ސަފާ

03 މާރިޗު 2025 - 07:10

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސްއަޅައިފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ޣައްޒާއަށް ވަންނަންދިޔަ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އުޅަނދުތަކަށް ޔަހޫދީންވަނީ ހުރަސްއަޅާފައެވެެ.

އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 33 އަސީރުން މިނިވަން ކޮށްފައެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000އެއްހާ މީހުން ވަނީ މިނިވަން ކޮށްފައެވެ. ނަމަވެސް މިހާރު ޔަހޫދީން ދަނީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ތަންފީޒު ކުރަން ފެށުމަށް ދެކޮޅު ހަދަމުންނެވެ.

އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމުގެ ބަދަލުގައި ޔަހޫދީން ހުށަހަޅާފައި ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. މި ގޮތުން، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ނިމި، އޭޕްރިލް 20ވަނަ ދުވަހާ ހިސާބުގައި ފާހަގަ ކުރާ ޔަހޫދީންގެ ޢީދެއް ނިމެންދެން ޢުދުވާން މެދުކަނޑައިލުމަށް އިސްރާއީލުން ވަނީ ހުށަހަޅާފައެވެ. މިއީ، ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމާ ޚިލާފުވެ، އައު އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ އަައު ހުށަހެޅުމެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔަހޫދީންގެ މި ނިންމުމަށް ފުރިހަމައަށް ތާއީދުކުރާކަމަށެވެ. އެހީ ވެއްދުން ހުއްޓުވާލުމާއެކު ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ ވިދާޅުވީ މި ނިންމުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އަސަރުކުރާނެ ކަމަށެވެ. އަދި ހަމާސްއަކީ "ޕްރެޝަރުތަކަށް ނޫނެކޭ ބުނާ" ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ކޮމެންޓް

871x217_placeholder