ޔަހޫދީން ޣައްޒާގައި ބޮޑު ލޭ އޮހޮރުވުމެއް ހިންގައި 9 މީހަކު ޝަހީދުކޮށްލައިފި


16 މާރިޗު 2025 - 07:00
ޔަހޫދީން ޣައްޒާގައި ބޮޑު ލޭ އޮހޮރުވުމެއް ހިންގައި 9 މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލަހިޔާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން 9 މީހުން ޝަހީދުވެ އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 3 ނޫސްވެރިންވެސް ހިމެނެއެވެ.ހޮނިހިރު ދުވަހު ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި އެކު ދަތުރުކުރި އިންސާނީ އެހީދޭ ޓީމަކަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން މި ހަމަލާ ސިފަކޮށްފައިވަނީ "ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލެއް" ގެ ގޮތުގައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކަށް ޔަހޫދީން އަޅާނުލާކަމުގެ ހެއްކެތްކަމަށް ހަމާސްއިން ހާމަކުރެއެވެ. ހަމަލާގެ ދިފާއުގައި ޔަހުދީ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ހަމަލާދިނީ ޔަހޫދީންނަށް ހަމަލާ ދިނުމަށް ޑްރޯންއެއް އޮޕަރޭޓްކުރަމުންދިޔަ ބަޔަކަށްކަމަށެވެ.
އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމުގެ ބަދަލުގައި ޔަހޫދީން ހުށަހަޅާފައި ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. މިއީ، ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމާ ޚިލާފުވެ، އައު އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ އަައު ހުށަހެޅުމެކެވެ.
ޔަހުދީންދަނީ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންނެވެ. އަދި މިކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.
އެއްބަސްވުމަށް އަމަލުކުރަން ހަމާސްއަށް މަޖުބޫރުކުރަންކަމަށް ބުނެ މަޟާންމަހާ ދިމާކޮށް ޔަހޫދީން ޣައްޒާގެ މުސްލިމުން ކާތަކެއްޗާއި ފެނަށް ވަނީ ދަތިކޮށްފައެވެ.
ޔަހޫދީން ބުނީ ކާބޯތަކެއްޗާއި، ބޭސް އަދި ތެލަށް ދަތިކޮށްފައިވަނީ ޔަހޫދީންގެ އައު ހުށަހެޅުންތަކަށް ހަމާސްއިން އެއްބާުލުން ނުދޭތީކަމަށެވެ. މިކަމާ ގުޅިގެން ޣައްޒާގެ ހާލަތުވަނީ ގޯސްވެފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
3 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
2 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
މަހެއް ކުރިން