ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި


21 ފެބްރުއަރީ 2025 - 07:41
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ފުޅާކުރަން ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ.
ނަތަންޔާހޫ މިގޮތަށް އަމުރުކުރީ ތެލް އަވީވުގެ ރަށްބޭރު ސަރަޙައްދެއްގައި އޮތް ބަސްތަކެއްގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާއަކާ ގުޅިގެންނެވެ. ނަތަންޔާހޫ ބުނީ ތެލް އަވީވުގެ ރަށްބޭރުގައި ދީފައިވާ ހަމަލާތަކަކީ ވީހާވެސް ގިނަ އަދަދެއްގެ ޔަހޫދީން މަރައިލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާތަކެއް ކަމުގައެވެ. ނަމަވެސް ހަމަލާގައި އެއްވެސް ޔަހޫދީއަކު މަރުވިކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާ ދީ މީދިއާތަކުން ރިޕޯޓުކުރާގޮތުގައި ހުޅަނގު އައްސޭރީގެ އުތުރުގައިވާ ތުލްކަރަމް އަދި ޖެނިންގައި މިހާރު ޔަހުދީން ހިނގަމުންދަނީ މިހާތަނަށް އެސަރަހައްދުގައި ދުވަހަކުވެސް ނުހިންގާ ފަދަ ޖަރީމާތަކެއްކަމަށާއި މިކަމުގެ ސަބަބުން 40،000 އަށްވުރެ ގިނަ މީހުން ގޯތިގެދޮރުން ދާން މަޖުބޫރުކޮށްފައިވާކަމަށެވެ.އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަން ވަރުގަދަކުރުމަށް މިއަދު ރެއިން ފެށިގެން ސަތޭކައަށްވުރެ ގިނަ ޗެކްޕޮއިންޓްތައް ޤާއިމުކޮށްފައިވާ ކަމަށާއި، އިތުރު ސިފައިން އެ ސަރަހައްދަށް ޖަމާކުރަމުންދާކަމަށް ރިޕޯޓުތަށް ބުނެއެވެ. ޣައްޒާއަށް ދެމުން އައި ހަމަލާތަށް މެދުކަނޑާލުމަށްފަހު ހުޅަނގު އައްސޭރިއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 70 މުސްލިމުންވަނީ ޝަހީދުކޮށްލާފައެވެ. މިކަމާ ގުޅިގެން ހަމާސްއިންވަނީ ހުޅަނގުއައްސޭރީގެ މުސްލިމުން ދިފާއުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބުމަށް އެ ޖާމައަތުގެ މުޖާހިދުންނަށް ގޮވާލާފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
3 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
މަހެއް ކުރިން
ޔަހޫދީން ޣައްޒާގައި ބޮޑު ލޭ އޮހޮރުވުމެއް ހިންގައި 9 މީހަކު ޝަހީދުކޮށްލައިފި
24 ދުވަސް ކުރިން