logoEN
ޚަބަރު

ހަނގުރާމަ އަލުން ފެށިފަހުން 183 ކުޑަކުދިން ޝަހީދުކޮށްލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

20 މާރިޗު 2025 - 07:25

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގަސްތުގައި ޚިލާފުވެ، ޔަހޫދީން ޣައްޒާގައި ހަނގުރާމަ އަލުން ފަށައި މިހާތަނަށް ކުށެއްްނެތް 183 ކުޑަކުދިން ޝަހީދުކޮށްލާފައިވާކަމަށް ބައިނަލްއަގްވާމީ މަސްދަރުތަކުން ބުނެފިއެވެ.

މިއަދު ވެސް ޣައްޒާގެ އުތުރާއި ދެކުނުން 70 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައިވެސް ގިނައީ ހަނގުރާމައާ ނުބެހޭ އަންހެނުންނާއި ކުޑަކުދިން ނެވެ. ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވެފައިވާ 710 މުސްލިމުން ޝަހީދުކޮށްލާފައިވާއިރު 900 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޒަހަމްވެފައިކަމަށް ވެސް ބައިނަލްއަގްވާމީ މަސްދަރުތަކުން މައުލޫމާތުދެއެވެ. ޒަހަމްވެފައިވާ މުސްލިމުންގެ ތެރެއިންވެސް 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މި ރަހުމު ކުޑަ ހަމަލާތަކަކީ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެމެރިކާގެ ފުރިހަމަ ތާއީދާއެކު ބަރަކާތްތެރި ރަމަޟާންމަހު ފަލަސްތީނުގެ އާއްމު ރައްޔިތުން ޝަހީދުކުރުމަށް ރާވައިގެން ދެމުންދާ ހަމަލާތަކެކެވެ.

މީގެ އިތުރުން އިސްރާއީލު ސިފައިން އަލުން ނެޒަރިމް ކޮރިޑޯ ބަންދުކޮށް އެ ސަރަހައްދުގައި ދަނީ ފޯރިމަރަމުންނެވެ. ނެޒަރިމް ކޮރިޑޯ ބަންދުކޮށް ފޯރިމަރަމުން ދިއުމަކީ މިހާރަށްވުރެ ބޮޑު ލޭ އޮހޮރުވުމަކަށް ޔަހޫދީން ތައްޔާރުވަމުންދާކަމުގެ ހެއްކެއް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ނަތަންޔާހޫގެ އަމުރަށް ޔަހޫދީވަނީ ވަނީ އަސްކަރީ ޓޭންކާއި ބަރުހަތިޔާރާ އެކު ޣައްޒާގެ ތެރެއަށް ވަދެގަތުމަށް ތައްޔާރުވެފައެވެ.އެމެރިކާގެ ރަައީސް ކަމުގެ މަގާމުގައި މިހާރުހުރި ޑޮނަލްޑް ޓްރަމްޕް ވަނީ ޔަހޫދީންނަށް އެއްވެސް ހައްދެއް ހުދޫދެއްނެތި ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދީ އަދި ފަނާކުރަނިވި ހަތިޔާރުތައް ޔަހޫދީންނަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައެވެ.

ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެ ބަރަކާތްތެރި ރަމަޟާންމަހު ކުޑަކުދިން ޝަހީދުކުރަމުން ދާ ދިއުމާމެދު އަރަބި އަދި އިސްލާމީ ގައުމުތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder