ހާރިޖީ ސިޔާސަތަށް ބަދަލެއް ނާދޭ، އދ. ގައި ވޯޓުދޭ ގޮތުން އެކަން ސާފުވާނެ: ވަޒީރު ހަލީލް

ރައީސްއާއެކު ހާރިޖީ ވަޒީރު ހަލީލް

16 ޖެނުއަރީ 2025 - 11:39
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ބަދަލެއް ނާންނަކަމަށާއި އެކަން އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބަލާލުމުން އެނގިގެން ދާނެކަމަށް ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ޕޯސްޓެއް ކުރައްވާފައިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ވަކިކޮޅެއް ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލެއް ނާންނަކަމަށެވެ. އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބަލާލުމުން އެކަން ސާފުވާނެކަމަށާއި ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ބައިނަލްއަޤްވާމީ މައިދަނުގައި ފަލަސްތީނު މައްސަލަ ފިޔަވާ އެއްވެސް މައްސަލައެއްގައި ވަކި ގައުމަކަށް ތަޢީދުކޮށްފައި ނުވެއެވެ.
އިތުރު ލިޔުންތައް

ރާއްޖެއާއި އިންޑިއާގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
4 މަސް ކުރިން
ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން
4 މަސް ކުރިން
ޚާރިޖީ ވަޒީރު، ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
4 މަސް ކުރިން