ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން


26 ޖެނުއަރީ 2025 - 06:35
ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާއިން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ވަޒީރުގެ މެސެޖުގައި ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށްކަމަށެވެ.
ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުންކަމަށާއި މިގޮތުން، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ޤައުމަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ހާމަކޮށްދެނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަމުންކަމަށް ވިދާޅުވެ ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާއިންކަމަށްވީއިރު މިކަމުންވެސް ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ހާރިޖީ ސިޔާސަތަށް ބަދަލެއް ނާދޭ، އދ. ގައި ވޯޓުދޭ ގޮތުން އެކަން ސާފުވާނެ: ވަޒީރު ހަލީލް
4 މަސް ކުރިން
ރާއްޖެއާއި އިންޑިއާގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
4 މަސް ކުރިން
ޚާރިޖީ ވަޒީރު، ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
4 މަސް ކުރިން