logoEN
ޚަބަރު

ޚާރިޖީ ވަޒީރު ލަންކާއަށް: އެ ގައުމުގެ ރައީސް އަދި ބޮޑު ވަޒީރާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެ

އާމިނަތު ސަފާއާމިނަތު ސަފާ

18 ފެބްރުއަރީ 2025 - 07:23

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

މިއަދުން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެެފެއާޒު، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖިތަ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ވިޖިތަ ހެރަތުއާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ. ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތައް ބަލައި ދެނެގަތުމަށް ސްރީލަންކާގެ އަމިއްލަ ވިޔަފާރިތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވޭކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.

ކޮމެންޓް

871x217_placeholder