ހަނގުރާމަ ހުއްޓާލިކަން ޢިއުލާންކުރި ފަހުން ވެސް، އިޒްރޭލުން ޣައްޒާގެ 100 މީހަކު ޝަހީދުކޮށްލައިފި
.webp&w=3840&q=75)
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހަކު -- ފޮޓޯ: އޭއެފްޕީ
.jpg&w=3840&q=75)
17 ޖެނުއަރީ 2025 - 07:57
ޔަހޫދީ ދައުލަތް، އިޒްރޭލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލިކަން އިއުލާނުކުރި ފަހުން ވެސް، މިހާތަނަށް ޣައްޒާގެ 100 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލަން ނިންމާފައިވާކަން ޢިއުލާންކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން ޤަތަރު މެދުވެރިއަކަށް އޮވެ، ޙަމާސް އާއި އިޒްރޭލުގެ ޔަހޫދީ ދައުލަތުގެ ވެރިންނާ އެކު ކުރެވުނު މަޝްވަރާގެ ތެރެއިން، އެ ޙަމަލާތައް އެއްކޮށް ހުއްޓާލައި، އެއްބަސްވުމަށް ޢަމަލުކުރަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އެހެން ނަމަވެސް، އެހާތަނަށް ވެސް ދެ ފަރާތުން ޙަމަލާތައް ދިނުން މެދުކަނޑާލަން އެ އެއްބަސްވުމުގައި ވެއެވެ.
އެހެން ނަމަވެސް، މިދިޔަ ބުދަ ދުވަހުން ފެށިގެން ވެސް އިޒްރޭލުން ކެނޑިނޭޅި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންނަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާއިރު، އެ ޙަމަލާތަކުގައި 101 އެއް މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 31 އަންހެނުންނާއި 27 ކުޑަކުދިން ވެސް ހިމެނެއެވެ.
ޙަމާސް އާއި އިޒްރޭލުގެ ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އިޒްރޭލުގެ ހަރުކަށި ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ޢަމަލުކުރާނޭ ކަމަށް ނުބެލެވޭ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާއިރު، އެ އެއްބަސްވުމަށް ޢަމަލުކުރަން އިޒްރޭލުގެ ސަރުކާރުން ނިންމައިފިނަމަ، އެ ސަރުކާރުގެ ބައެއް ވަޒީރުން، އެ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދޭން ނިންމައިފައިވާ ކަމުގައި ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އެގޮތުން އެ މައްސަލައިގައި އިއްޔެ ބޭއްވުމަށް ހަމަޖެހިފައި އޮތް ކެބިނެޓު ބައްދަލުވުން ވެސް، އެ މައްސަލަތަކާ ގުޅިގެން ވަނީ ކެންސަލްކޮށްފައެވެ.
ހުސްވި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތަކުގައި މިހާތަނަށް، 46،788 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މުޅި ޣައްޒާ ވަނީ ބިމާ ހަމަވެފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
7 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
7 މަސް ކުރިން
އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް، އޭގެން ފެންނަނީ އިންތިހާ ނާއިންސާފު: ރައީސް
7 މަސް ކުރިން