އިސްރާއީލުން ބުނީ ފަލަސްތީނުން އުފާފާޅުކޮށްގެން ނުވާނެކަމަށް

18 ޖެނުއަރީ 2025 - 05:43

އިސްރާއީލާއި ހަމާސް ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުން ފަލަސްތީނުގެ އާންމުން އުފާ ފާޅުކުރުމުގެ ހަރަކާތްތައް ނުބޭއްވުމަށް އިސްރާއީލުން އަންގައިފިއެވެ.
އިސްރާއީލުގެ ޕްރިޒަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ އިސްރާއީލުން އެދޭގޮތް ކަމަށާއި، އެފަދަ ހަރަކާތްތައް ހިންގާނަމަ ހުއްޓުވަން މަސައްކަތްކުރާނެ ކަމަށެވެ.

Ad by Hajj Corporation
އެއިދާރާއިން ބުނެފައިވާ ގޮތުގައި ގުދުސް އަދި އަސްޤަލާން ކައިރީގައިވާ ޖަލުތަކުން ގައިދީން މިނިވަންކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި މަސައްކަތުގައި އުޅޭނީ ރެޑް ކްރޮސްގެ ބަދަލުގައި އިޒްރޭލުގެ ހާއްސަ ޔުނިޓެއް ކަމަށް ވެސް އެ އިދާރާއިން ބުނެފަވެއެވެ.
އެ އިދާރާއިން ބުނިގޮތުގައި މިނިވަންކުރެވޭ ގައިދީންނާ ގުޅިގެން އިސްރާއީލުގައި ވެސް އުފާވެރިކަން ފާޅުނުކުރުމަށް ވަނީ އަންގާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްރާއީލާއި ހަމާސް ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުގެ ރޭލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ވަނީ ރުހުން ދީފައެވެ.
ނަމަވެސް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން ގްވީރު ވަނީ މި އެއްބަސްވުމާއި ދެކޮޅުހަދައި، އުމުރު ދުވަހުގެ ޙުކުމް ލިބިފައިވާ މީހުން މިނިވަންކުރާކަމަށް ބުނެ، އެ އެއްބަސްވުން ބަލައިނުގަތުމަށް ސިޔާސީ ބައިވެރިންގެ ކިބައިން އެދިފަ އެވެ.