ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ގެއިން 283 މިލިއަން ރުޕީސް އަތުލައިގެންފި


18 ޖެނުއަރީ 2025 - 05:57
ސްރީ ލަންކާގައި ޑްރަގް ބޮޑެއްގެ ގެ ބަލާފާސްކޮށް 283 މިލިއަން ރުޕީސް އަތުލައިގެންފި އެވެ.
ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން މި ރުޕީސްގެ މިންވަރަކީ އެމެރިކާ ޑޮލަރުން ބަލާ ނަމަ ގާތްގަނޑަކަށް 955،000 ޑޮލަރެވެ.
މިއީ ޑްރަގް ޓްރެފިކްކުރާ މީހެއްގެ އަތުން މިހާތަނަށް އެ ގައުމުގައި އަތުލައިގެން އެންމެ ބޮޑު އަދަދު ކަމަށް ޕީއެންބީ އިން ބުނެފަވެއެވެ.
މި ނޫޓުތައް ފެނުނީ ޑްރަގްވިއްކާ ކަމަށް ބެލެވޭ މީހެއްގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މި އޮޕަރޭޝަނުގައި 18 ގްރާމްގެ "އައިސް" (ކްރިސްޓަލް މެތަމްފެޓަމިން) އާއި ޑަބަލް ޓެކްސީއަކާއި ވޭނެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލާގައި ތުހުމަތުވާ މީހާ މިވަގުތު ވެސް ހުރީ ޖަލުގައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކުރުނެގަލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މެޖިސްޓްރޭޓް ވަނީ އެ މީހާ ބަންދުގައި ބަހައްޓައި އިތުރަށް ސުވާލު ކުރުމުގެ ހުއްދަދީފައެވެ.
އިތުރު ލިޔުންތައް

ލަންކާގައި ބާއްވާ އިންތިޙާބާއި ގުޅިގެން ދިވެހިން ސަމާލުވާން އަންގައިފި
9 މަސް ކުރިން
ސްރީލަންކާގެ ރިޔާސީ އިންތިޙާބު 2024، ޤައުމުގެ ކުރިމަގު ބައްޓަންކުރާނީ ކޮން ކެންޑިޑޭޓެއް؟
9 މަސް ކުރިން
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ގުނަން ފަށައިފި
9 މަސް ކުރިން