logoEN
ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ އަތޮޅުގެ ސެމީގެ ޖާގައިގެ ގަދަހިފުމުގައި ދިއްދޫއާއި އުތީމު ވާދަކުރާއިރު، ފިއްލަދޫ އާއި މާރަންދޫވެސް ގަދަހިފުމަކަށް

ހދ ގެ ސެމީގެ ޖާގަ ހޯދުމަށް ގަދަހިފުމަކަށް ދާންޖެހިއްޖެ.ފޮޓޯ: އިމޭޖެސް.އެމް.ވީ

ހދ ގެ ސެމީގެ ޖާގަ ހޯދުމަށް ގަދަހިފުމަކަށް ދާންޖެހިއްޖެ.ފޮޓޯ: އިމޭޖެސް.އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

18 ޖެނުއަރީ 2025 - 07:19

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ އަތޮޅުގެ ގްރޫބް B ގައި އިހަވަންދޫ ބޮޑު ތަފާތަކުން ބަލުކުރުމަށްފަހު ސެމީގެ އުއްމީދެ ދިއްދޫއިން އާކޮށްފިއެވެ. މިމެޗުގައި ދިއްދޫގެ ހުސައިން ޝިފާހު އާއި މުޙައްމަދު ޝަނާއު ރަޝީދު ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު، ހައިޝަމް ރަޝީދު އާއި ފާއިޤް އަހުމަދު ވަނީ ގޯލުޖަހާދީފައެވެ.

ރޭގެ މޮޅާއެކު ދިއްދޫއިން އޮތީ ކުޅުނު 3 މެޗުން 6 ޕޮއިންޓް ހޯދައިގެން ގުރޫޕް B ގެ 2 ވަނައިގައެވެ. އެއްވަނައިގައި ވަށަފަރު އޮތްއިރު، ފުލުގައި އޮތީ އިހަވަންދޫއެވެ. މިގްރޫޕްގައި އުތީމުވެސް ވަނީ އިއްޔެ މުރައިދޫ އަތުން 5-0 އިން މޮޅުވެ، ދިއްދޫގެ ފަހަތުން 3 ވަނައިގައެވެ.

އެހެންކަމުން މިގްރޫޕްގެ ސެމީގެ ޖާގައެއް ކަށްވަރުވާނީ އަންގާރަ ދުވަހުގައި ދިއްދޫ އާއި އުތީމު ވާދަކުރާ މެޗުން މޮޅުވާ ބަޔަކަށެވެ.

ގްރޫޕް A ގެ ގައި މީގެ ކުރިން ކުޅުނު 2 މެޗުންވެސް މޮޅުވި ކެލާ، ފުލުގައި އޮތް ހޯރަފުށިން ވަނީ ހިފަހަށްޓާފައެވެ. މިމެޗު ނިމުނީ 2-2 އިންނެވެ. މިމެޗުގައި ކެލާގެ 2 ގޯލު މަމްދޫޙު އަބްދުލްޤާދިރު ކާމިޔާބުކޮށްފައިވާއިރު، ހޯރަފުށީގެ ގޯލުތައް ކާމިޔާބުކޮށްފައިވަނީ އަބްދުﷲ ޔާމީން އާއި އަލީ އިމްރާން މުޙައްމަދެވެ. މިގްރޫޕްގައި އިއްޔެ ފިއްލަދޫ ވަނީ ބާރަށް ބަލިކޮށް ސެމީގެ އުއްމީދު އާކޮށްފައެވެ.

މި ގްރޫޕްގެ އެއްވަނައިގައި ކެލާ 7 ޕޮއިންޓާއެކު ސެމީގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު، ތާވަލުގެ ދެވަނައިގައި 6 ޕޮއިންޓާއެކު އޮތް މާރަންދޫ އާއި 3 ވަނައިގައި 4 ޕޮއިންޓާއެކު އޮތް ފިއްލަދޫ އަންނަ އަންގާރަ ދުވަހު ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ސެމީގެ ދެވަނަ ޖާގަ ލިބޭނެއެވެ. އަދި މިމެޗު އެއްވަރުވިނަމަވެސް މާރަންދޫއަށް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder