logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލްޑަން ފުޓްސަލް މުބާރާތް 2025 ފަށައިފި

އަބްދުﷲ ޣާނިމް
6 ޖެނުއަރީ 2025 - 03:59
ބާރަށާއި ހޯރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ބާރަށާއި ހޯރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ފަށައިފިއެވެ. އެގޮތުން އިއްޔެ ވަނީ މިމުބާރާތުގައި ޖުމްލަ 8 މެޗު ކުޅެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ފުރަތަމަ މެޗުގައި ބާރަށް ވަނީ ހޯރަފުށިއަތުން 4-2 އިން މޮޅުވެފައެވެ. މިމެޗުގައި ހޯރަފުށީގެ މުހައްމަދު މާއިޒް ޔޫސުފް ވަނީ 2 ގޯލު ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީވެސް އޭނާއެވެ. އަދި ކެލާ ވަނީ މާރަންދޫ އަތުން 2-0 އިން މޮޅުވެފައެވެ. މުރައިދޫ އަތުން ދިއްދޫ 2-0 އިން މޮޅުވެފައިވާއިރު އުތީމާއި ވަށަފަރު ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ އުތީމުގެ އަހުމަދު އައިހަމްއެވެ.

 

ރޭގައި ކުޅުނު 5 ވަނަ މެޗުން މަކުނުދޫ ނޮޅިވަރަންފަރު އަތުން 3-2 އިން މޮޅުވެފައިވާއިރު، މަކުނުދޫގެ ޖޯޒީ ނަމްބަރު 7 ވަނީ މިމެޗުގައި ހެޓްރިކްހަދައި މެޗުގެ މޮޅުކުޅުންތެރިޔާކަން ހޯދާފައެވެ. ނޭކުރެންދޫ ހަނިމާދޫއަތުން ހަނިގޮތަކަށް 1-0 އިން މޮޅުވެފައިވާއިރު، މެޗުގެ ހަމައެކަނި ގޯލުޖެހީ މެޗުގެ މޮޅުކުޅުންތެރިޔާ މުހައްމަދު ވިލްފް އެވެ.

 

ކުމުންދޫ އާއި ނެއްލައިދޫ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 4-3 އިން ކުމުންދޫ މޮޅުވެގެންނެވެ. އަދި ރޭގައި ކުޅެވުނު ފަހުމެޗުގައި އަބްދުﷲ ވިޝާމްގެ ހެޓްރިކާއެކު ނާވައިދޫ ވަނީ ވައިކަރަދޫ އަތުން 4-0 އިން މޮޅުވެފައެވެ.

 

މިމުބާރާތުގައި މިއަދުވެސް ޖުމްލަ 8 މެޗު ކުޅެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިން