logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި

އަބްދުﷲ ޣާނިމް
14 ޑިސެމްބަރު 2024 - 11:46
2024 ވަނަ އަހަރުގެ ޗެންޕިއަން އޭދަފުށި. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
2024 ވަނަ އަހަރުގެ ޗެންޕިއަން އޭދަފުށި. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ގުރުލައިފިއެވެ. މިއަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފައިވަނީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން ގެ ހެޑްއޮފީހުގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މުބާރާތުގެ ހއ އަދި ހދ އަތޮޅުން ކޮންމެ އަތޮޅަކުން 10 ޓީމު ބައިވެރިވެފައިވެއެވެ. ށ އަތޮޅުން ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވާއިރު ނ އަތޮޅުން 4 ޓީމެއް އަދި ރ އަތޮޅުންވެސް ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވެއެވެ. ބ އަތޮޅުން ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެންޕިއަން އޭދަފުއްޓާއެކު 4 ޓީމެކެވެ. ޅ އަތޮޅުން ބައިވެރިވެފައިވަނީ 4 ޓީމެކެވެ.

 

ކ އަތޮޅުގައި 8 ޓީމެއް ބައިވެރިވެފައިވާއިރު އއ އިންވެސް ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވެއެވެ. އދ އަތޮޅުން 6 ޓީމެއް ވާދަކުރާއިރު ވ އިން ވާދަކުރަނީ 3 ޓީމެކެވެ. އަދި މ އިން 7 ޓީމަކާއި ފ ން 5 ޓީމެއް ބައިވެރިވެއެވެ. ދ އިން 4 ޓީމެއް ބައިވެރިވާއިރު ތ އިން ދެ ގުރޫޕެއްގައި 10 ޓީމު ވާދަކުރެއެވެ. އަދި ލ އިން 6 ޓީމަކާއި ގއ ގެ 8 ޓީމަކާއި ގދ ގެ 6 ޓީމަކުން ވާދަކުރާއިރު، އައްޑޫ ސީޓީއިން މިފަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ އެންމެ ޓީމެކެވެ. އަދި މާލެ ސިޓީއިން 4 ޓީމު ބައިވެރިވެފައިވެއެވެ.

 

ޖުމްލަ 128 ޓީމާއެކު ފަށާ މިމުބާރާތް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 5 ވަނަދުވަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މި މަހު ފަށަނީކުޅިވަރު | 13 ދުވަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 2 މަސް ކުރިންއެންމެފަހުގެ ޗެންޕިއަން ކާށިދޫ ބަލިކޮށް ޗެރިޓީ ޝީލްޑް އޭދަފުއްޓަށްކުޅިވަރު | 2 މަސް ކުރިން