ެިއިނގިރޭސި ޕްރީމިއަރ ލީގު: ތަށި ބޭނުންނުވާކަމަށް އަނެއްކާވެސް އާރސެނަލް އިން ސާބިތުކޮށްދީފި
އާރސެނަލް ވަނީ ވިލާ އާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެފައި. ފޮޓޯ: އާރސެނަލް
19 ޖެނުއަރީ 2025 - 04:47
ަރސެނަލް ގެ އަމިއްލަ ދަނޑުގައި 2-0 އިން ކުރީގައި އޮތުމަށްފަހު، އަނެއްކާވެސް އާރސެނަލް އަތަށް ގޮއްވާލައިފިއެވެ. ރޭގެ މެޗުން އެއްވަރުވެ އަނެއްކާވެސް އާރސެނަލް ވަނީ ރާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލަށް 9 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ލިވަރޕޫލު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު، އާރސެނަލް ވެސް ވަނީ ލިވަރޕޫލުގެ ފަހަތުން 2 މެޗުން އެއްވަރުވެ، އެއްވަނައަށް އެރުމުގެ އުއްމީދު ބޭކާރުކޮށްލާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގެބްރިއެލް މާޓިނެލީ ޖެހި ލަނޑާއި، ދެވަނަ ހާފުގައި ކައި ހަވާޓްޒް ޖެހި ލަނޑުން އާރސެނަލް 2-0 އިން ކުރިއަށް ދިޔަ ނަމަވެސް، 60 ވަނަ މިނެޓުގައި ޔޫރި ޓީލެމަންސް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި 68 ވަނަ މިނެޓުގައި އޮލީ ވޯޓްކިންސް ވަނީ ވިލާއަށް ގޯލުޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު ނިމުނީ 2-2 އިންނެވެ.
މި ނަތީޖާއާ އެކު ވިލާ ވަނީ ތާވަލުގެ 7 ވަނައަށް އަރާފައެވެ. އަދި އާރސެނަލް 2 ވަނައިގައި އޮތްނަމަވެސް، ޕޮއިންޓު ތާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލާ ދެމެދު މިހާރު ވަނީ 6 ޕޮއިންޓުގެ ތަފާތެއް އުފެދިފައެވެ. މިއީ 2019 ގެ އޮކްޓޯބަރު މަހުން ފެށިގެން އާސެނަލްގެ އަމިއްލަ ދަނޑުގައި 2 ލަނޑުން ލީޑުނަގާފައި ވަނިކޮށް ލީޑުގެއްލުނު ފުރަތަމަ މެޗެވެ.
2004 ވަނަ އަހަރުގެ ފަހުން ލީގު ތައްޓެއް ލިބިފައިނުވާ އާރސެނަލް އަނެއްކާވެސް މިވަނީ ލީގުތަށި އަންނަ އަހަރުގައި ނަގަން އިންތިޒާރުކުރަން ޖެހިފައެވެ.