logoEN
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލަ ތަހުގީގު ކުރަން ފުލުން މީހަކު ހޯދަނީ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ހޯދަނީއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ހޯދަމުންދާ ކަމައްށެވެ. އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާން ކޮއްފައެވެ.

މި މައްސަލައިގައި ހޯދަން އިއުލާން ކޮއްފައިވަނީ ޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް، (30އ) އެވެ.

ފުލުހުން ވަނީ އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، 2025 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމައް އަންގައިފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder