logoEN
ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު: ގއ ގެ ސެމީގައި ދާންދޫ އާއި ވިލިނގިލި، އަދި ނިލަންދޫ އާއި ދެއްވަދޫ ވާދަކުރަން ޖެހިއްޖެ

ވިލިނގިއްޔާއި ކޮލަމާފުށި ބައްދަލުކުރި މެޗުގެތެރެއިން. ފޮތޯ: އިމޭޖެސް.އެމް.ވީ

ވިލިނގިއްޔާއި ކޮލަމާފުށި ބައްދަލުކުރި މެޗުގެތެރެއިން. ފޮތޯ: އިމޭޖެސް.އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 ޖެނުއަރީ 2025 - 06:52

ގޯލްޑަން ފުޓްސަލް މުބާރާތުގެ ގދ އަތޮޅުން ސެމީގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. އެގޮތުން ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ ދާންދޫއެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ ދެއްވަދޫއެވެ.

އިއްޔެ ކުޅުނު މިއަތޮޅުގެ ގްރޫޕް އޭގެ މެޗުތަކަށް ބަލާއިރު، ދާންދޫވަނީ ގެމަނަފުށި 3-1 އިން ބަލިކޮށްފައެވެ. އަދި ނިލަންދޫ ވަނީ މިދިޔަ އަހަރުގެ އަތޮޅު ޗެންޕިއަން ކަނޑުހުޅުދޫ 1-0 އިން ބަލިކޮށް މުބާރާތުން އެޓީމު ކަޓުވާލާފައެވެ. މިގްރޫޕްގެ ދެވަނައަށް ގޮސްފައިވަނީ ނިލަންދޫއެވެ.

އަތޮޅުގެ ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު ދެއްވަދޫ މާމެންދޫ އާއި 3-3 އިން އެއްވަރުވެފައިވާއިރު، ވިލިނގިލި އާއި ކޮލަމާފުށި ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-4 އިން ވިލިނގިލި މޮޅުވެގެންނެވެ. މިގްރޫޕް ގެ އެއްވަނައިގައި ދެއްވަދޫ އޮތްއިރު، ދެވަނައިގައި އޮތީ ވިލިނގިއްޔެވެ.

އަތޮޅު ބުރުގެ ސެމީގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ދާންދޫ އާއި ގްރޫޕް ބީގެ ދެވަނަ ވިލިނގިއްޔެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ދެއްވަދޫ އާއި ގްރޫޕް އޭގެ ދެވަނަ ނިލަންދޫއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder