logoEN
ޚަބަރު

4 ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

19 ޖެނުއަރީ 2025 - 10:43

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަތުތަކާއި އެއްގޮތަށް އައްޔަންކޮށްފައިވާ ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަތުތަކާއި އެއްގޮތަށް އައްޔަންކޮށްފައިވާ ހަތަރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މަޖިލީހުގެ ތަޅުމުން ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހު ދައުުން ބޭރުން ބޭއްވި ޖަލްސާގައެވެ.

އެ ހަތަރު ބޭފުޅުންނަކީ:

  • މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް މއ. މާރާދަގެ ޑރ. މަރްޔަމް މާރިޔާ
  • މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ މަގާމަށް ތ. ބުރުނި، ނިވައިދޮށުގެ މޫސާ ޒަމީރު
  • މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމަށް މއ. ވެނީލާގެ ޑރ. އަލީ ހައިދަރު އަހްމަދު
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް ގދ. ފިޔޯރީ، ގުލްބަކާގެ، ޑރ. އަބްދުﷲ މުއްތަލިބް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ 4 ވަޒީރުންނަށްވެސް ރުހުން ދިނުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައެވެ. ވަޒީރުންނަށް ރުހުން ދޭނީ ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށްފަހު މެންބަރުންގެ މެދުގައި ބަހުސްކޮށް، މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder