logoEN
ޚަބަރު

ބޭރުކުރަން އުޅުނު ހުރިހާ ޑޮލަރާއި ޔޫރޯ ނެގީ ދައުލަތަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 ޖެނުއަރީ 2025 - 14:02

ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ ބޭރުކުރަން އުޅުނު މީހަކު ޖޫރިމަނާކޮށް ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އިންޑިޔާގެ ރައްޔިތެއްކަމަށްވާ އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާންގެ މައްޗަށެވެ. މީނާ ވަނީ ދައުލަތާއެކު އިޢުތިރާފްގެ އެއްބަސްވުމެއްވެސް ހަދާފައެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ވީއައިއޭ އިން ސްރީލަންކާ އަށް ފުރަން އޮތް ފްލައިޓަށް އެރުމުގެ ކުރިން ޗެކިން ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ޗެކްކުރިއިރު ފައިސާ އަޅާފައިވާ 14 ސިޓީ އުރައެއްގެ ތެރެއިން 104،977 ޔޫއެސް ޑޮލަރާއި، 31،585 ޔޫރޯ އާއި 180 ސްވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވާ މައްސަލައިގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 12،000ރ އިން ޖޫރިމަނާކޮށް މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށާއި ބޭރުކުރަން އުޅުނު ފައިސާ ކަސްޓަމަށް ނެގުމަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder