ބާލިންގެ ޓެކްސީތަކަށް ރާއްޖޭގެ އިޝްތިހާރު
19 ޖެނުއަރީ 2025 - 18:22
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އައިޓީބީ ބާލިން 2025 ގައި ބައިވެރިވުމުގެ ތެރެއިން ޖަރުމަނުގެ ބާލިންގެ ޓެކްސީގެ ބޭރުގައި ރާއްޖޭގެ އިޝްތިހާރު ހަރުކޮށްގެން ޕްރޮމޯޝަނަލް ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެއެވެ.
މި ކެމްޕޭނަކީ ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އައުޓްޑޯ އިނީޝިއޭޓިވް ކެމްޕޭނެއެވެ.
މި ކެމްޕޭންގެ ދަށުން ބާލިން 2025 ގައި ވިޒިޓް މޯލްޑިވްސް ބްރޭންޑްގެ 200 ޓެކްސީގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި ޝައުގުވެރި މެސެޖުތައް ދައްކާލަން ވަނީ ހަމަޖެހިފައެވެ.
މި ކެމްޕޭނާއެކު ބާލިންގެ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރެވިގެންދާނެ އެވެ.
ޓެކްސީތަކުގައި އިޝްތިހާރު ކުރުމުގެ އިތުރުން މި ކެމްޕޭންގައި ބާލިނޭލްގައި ފާހަގަކޮށްލެވޭ ބިލްބޯޑްތަކެއް ބަހައްޓާަނެއެވެ. އަދި މި ބޮޑު އިވެންޓު އަމާޒުކޮށްފައިވަނީ ފިލްމަށް ލޯބިކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށެވެ.
މި ކެމްޕެއިންގެ އިތުރަށް، އައިޓީބީ ބާލިންގައި އެކިއެކި ހަރަކާތްތަކުގެ ތެރެއިން، އެމްއެމްޕީއާރުސީއިން ޓްރެވަލް ޓްރޭޑާއި މީޑިއާއާ ގުޅިގެން މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން ވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަރަކާތްތަކެއް ރާވާފައިވާއިރު، މި އިވެންޓްތަކުގައި 600،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.