logoEN
ޚަބަރު

އާ އަހަރަށް މަރުހަބާ ކިޔަން ޑްރޯން ޝޯވ އަކާއި ހަވާއެރުވުން

މުހައްމަދު މޫސާމުހައްމަދު މޫސާ

29 ޑިސެމްބަރު 2024 - 03:14

އައު އަހަރަށް މަރުހަބާ ކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާމަކޮށްފިއެވެ.އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވިގޮތުގައި މި ހަރަކާތްތައް ބާއްވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަދި ޖެނުއަރީ 1 ވަނަ ދުވަހުއެވެ. މި ހުރިހާ ހަރަކާތްތަކެއްވެސް ކުރިޔަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.31 ވަނަ ދުވަހުގެ ރޭ 20:00 އިން 00:00 އަށް ސެންޓްރަލް ޕާކުގައި ޑްރޯން ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި ފަތުރުވެރިއެއްގެ ދަތުރު ދައްކުވައިދޭ 15 މިނިޓުގެ ޚާއްސަ ޑްރޯން ޝޯއެއް ކުރިޔަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެރޭ 12 ޖަހާއިރު ހަވާއެރުވުން ވެސް އެ ސަރަހައްދުގައި އޮންނާނެއެވެ.އާ އަހަރާ ދިމާކޮށް ފުޑް ފެސްޓިވަލެއް ވެސް މި މަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތްތަކަކީ އާ އަހަރަށް މަރުހަބާ ކިޔުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder