އަރަބި އިސްލާމީ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯއެއް ބާއްވަނީ

.jpg&w=3840&q=75)
14 ޑިސެމްބަރު 2024 - 05:32
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަރަބި އިސްލާމީ ގައުމުތަކުން ޓޫރިސްޓުން ގެނައުމުގެ މަގްސަދުގައި 2025 ވަނަ އަހަރު ބޮޑު ރޯޑް ޝޯއެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން އަންނަނީ ކުރަމުންނެވެ. ނަމަވެސް މީގެކުރިން އަރަބި އިސްލާމީ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.
މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު މެދު އިރުމަތިން ރާއްޖެއަށް 67،224 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީގެ މާކެޓިން ހަރަކާތްތައް ކުރިއަށްގެންދަނީ އެއިރަކު އެންމެ މުހިންމު މާކެޓްތަކަށް އަމާޒުކޮށްގެންނެވެ. އަހަރުގެ ކުރީކޮޅު އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދަށްވުމާއި ގުޅިގެން އެމްއެމްޕީއާރުސީން ވަނީ އެ ޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޮޑު ރޯޑްޝޯއެއް ބާއްވާފައެވެ.ވެލްކަމް އިންޑިއާގެ ނަމުގައި ބޭއްވި މި ރޯޑްޝޯ އިންޑިއާގެ އެންމެ ބޮޑު 3 ސިޓީގައި ވަނީ ބާއްވާފައެވެ. މި ރޯޑްޝޯއަށްފަހު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

މިއަހަރުގެ ޓޫރިޒަމް ސިމްޕޯޒިއަމް ފަށައިފި
6 މަސް ކުރިން
އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ
4 މަސް ކުރިން
އާ އަހަރަށް މަރުހަބާ ކިޔަން ޑްރޯން ޝޯވ އަކާއި ހަވާއެރުވުން
4 މަސް ކުރިން