މިއަހަރުގެ ޓޫރިޒަމް ސިމްޕޯޒިއަމް ފަށައިފި


22 އޮކްޓޯބަރު 2024 - 09:05
އެމްއެމްޕީއާރުސީން އިންތިޒާމުކޮށްގެން ބާއްވާ ޓޫރިޒަމް ސިމްޕޯޒިއަމް ފަށައިފިއެވެ.
ފަތުރުވެރިިކަމުގެ އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ބާއްވާ މި ސިމްޕޯޒިއަމް ފަށާފައިވަނީ ކްރޮސްރޯޑުގައެވެ.
ޓޫރިޒަމް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ މިސިމްޕޯޒިއަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ ޚިޔާލާއި މަޝްވަރާ ބަދަލުކުރުމުގެ ފުރުޞަތު ފަހިވާނެ ކަމަށެވެ.
އަދި މީގެ ސަބަބުން ދާއިރާގައި ދިމާވާ ދަތިތައް ދެނެގަނެވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަންނަން ފަސޭހަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް ދާއިރާ ސިންދަފާތުކޮށް، މި ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރުން މުހިންމު ކަމަށެވެ."މި ޤައުމުގައި ފަތުރުވެރިކަން ދެމެހެއްޓުމަށް އުފެއްދުންތެރި ގޮތްތައް ބޭނުންކުރަންޖެހޭ. މި ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމާއި ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ
4 މަސް ކުރިން
އަރަބި އިސްލާމީ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯއެއް ބާއްވަނީ
4 މަސް ކުރިން
އާ އަހަރަށް މަރުހަބާ ކިޔަން ޑްރޯން ޝޯވ އަކާއި ހަވާއެރުވުން
4 މަސް ކުރިން