logoEN
ޚަބަރު

އެއާ އެމްބިއުލާންސުން މިހާތަނަށް 800 އަށް ވުރެ ގިނަ ބަލިމީހުން އުފުލައިފި

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް މަރުކާގެ ބަތިންދާ ބޯޓު -- ފޮޓޯ: އެމްއޭސީއެލް

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް މަރުކާގެ ބަތިންދާ ބޯޓު -- ފޮޓޯ: އެމްއޭސީއެލް

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

21 ޖެނުއަރީ 2025 - 11:05

އެއާ އެމްބިއުލާންސްގެ ޚިދުމަތުގައި މިހާތަނަށް 700 ދަތުރުން، 804 މީހަކު އުފުލާފައިވާ ކަމުގައި ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ބަލި މީހުންނަށް ހާއްސަކޮށްގެން ، ހިދުމަތް ދިނުމަށް ހާއްސަ މަތިންދާބޯޓެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދެވެ. އެ ވައުދު ފުއްދަވައި، އެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ އެކަކުން ފެށިގެންނެވެ.

އެގޮތުން އެ ޚިދުމަތާ ގުޅިގެން ސިއްޚީ ވުޒާރާއިން މިއަދު ސޯޝަލް މީޑިޔާއަށް ދޫކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ އަހަރުގެ މާރިޗު މަހުގެ އެކަކުން ފެށިގެން ގައުމީ އެމަޖެންސީ ޚިދުމަތުން މިހާތަނަށް 700 ދަތުރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން އެއާ އެމްބިއުލާންސްގެ އެ ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންއިން މީގެ ކުރިން ބޭނުންކުރި ޑޭޝް މަރުކާގެ ބޯޓެއްގެ އިތުރުން، އެއާ ޓެކްސީގެ ގޮތުގައި ބޭނުންކުރާ ޓްވިން އޮޓޯ މަރުކާގެ ބޯޓެކެވެ.

ރާއްޖޭގައި ބަލިމީހުން އުފުލުހުގެ ޚިދުމަތް ހަރުދަނާކުރުމަށް، އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި މިކަމަށް ޚާއްސަކޮށް 15 މީހުންގެ ޓީމެއް ވެސް ވަނީ ތަމްރީނުކޮށްފައެވެ. މީގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

ސަރުކާރުގެ ޢަމާޒަކަށްވެފައި އޮތީ ބަލި މީހުން އުފުލުމަށް ޚާއްސަ ބޯޓަކާއެކު، އެމަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.

ކޮމެންޓް

871x217_placeholder