logoEN
ޚަބަރު

އުނގޫފާރުން ރައީސް އަށް ހޫނު މަރުޙަބާއެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 ޖެނުއަރީ 2025 - 15:00

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ވެރިކަންކުރާ ރަށް ރ. އުނގޫފާރަށް ވަޑައިގަތުން އެރަށު ރައްޔިތުން ނިކުމެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އުނގޫފާރާކީ ރ. އަތޮޅުން އެމަނިކުފާނު މިއަދު ވަޑައިގެންނެވި 4 ވަނަ ރަށެވެ. އުނގޫފާރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

undefinedރައީސް އުނގޫފާރަށް ވަޑައިގެންނެވުންރައީސުލްޖުމްހޫރިއްޔާ ރ .އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ ޖުމްލަ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެންބަރުންގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

ކޮމެންޓް

871x217_placeholder