ޚަބަރު
މާފަންނު ބަސް ޓާރމިނަލް ކައިރި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މިރޭ ހިނގާދިޔަ އެކްސިޑެންޓުގެ ވީޑިއޯގެ ސްކްރީންޝޮޓެއް
އައިޝަތު ނަޝާތާ
08 ސެޕްޓެމްބަރު 2024 - 14:27
މާފަންނު ބަސް ޓާމިނަލް ކައިރީ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދިވެހި ދެ ފިރިހެނުންނެވެ. މި ތިން މީހުންނަަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މިއަހަރުގެ މިހާތަނައް އެކަނިވެސް 1907 ޓްރެފިކް އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންބުނެފައިވެއެވެ.
އެކްސިޑެންޓްތައް އިތުރުވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، މަގުމަތީގައި ދިމާވާ ނުރައްކާތަކާ މެދު ކަންބޮޑުވާ މިންވަރު ވަނީ އިތުރުވެފަ އެވެ.