މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
.jpeg&w=3840&q=75)
ފޮޓޯ އެމް.ވީ. ކްރައިސިސް

04 ސެޕްޓެމްބަރު 2024 - 21:27
މީގެ ކުޑައިރު ކޮޅެއް ކުރިން މާލޭ ބޮޑު ތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފަތާ ޓްރެކްކައިރިން ބޮޑުތަކުރުފާނު މަގުން އެއްގަމަށް އަރަން އޮންނަ ކޮއިމަލާ ހިނގުން ކަންމަތީގައި ކާރަކާއި ސައިކަލެއްޖެހިއެވެ. މި އެކްސިޑެންޓުގައި ހާނިއްކަވި ފިރިހެންމީހާ އައި.ޖީ.އެމް.އެޗްއަށް ގެންގޮސް ފަރުވާ ދެމުން އެބަދެއެވެ. އެހެން ނަމަވެސް އެމީހާއަށް ލިބިފައިވަނީ ކޮންކަހަލަ ހާނިއްކައެއް ކަމެއް މިހާތަނަށް ސާފުވާގޮތްވަނީ ނުވެފައެވެ. މަންޒަރުދުށް މީހަކު ބުނީ އޭނާގެ މޫނު މަތީ ގިނައަދަދަކަށް ލޭހުރި ކަމަށާއި، ބިންމަތީގައިވެސް ލޭހުރިކަމަށެވެ.
މަންޒަރުދުށް މީހަކު މަޢުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އިރުން ހުނޅަގަށް ދުއްވާފައި އައި ޓެކްސީއެއް ކޮއިމަލާ ހިނގުމަށް ވަންނަން އައި ކާރާއި ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ދުއްވާފައިވާ ދިޔަ ސައިކަލަކާޖެހިއެވެ. މި އެކްސިޑެންޓުގައި ކާރުގެ ވާތް ފަރާތު ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެކްސިޑެންޓްވި ސައިކަލުގެ ކުރީ ކޮޅުވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.
އިތުރު ލިޔުންތައް

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން
އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
7 މަސް ކުރިން.webp&w=3840&q=75)
ރޭސިން ސަރަޙައްދު އަތުލުމުން، ރޭސިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި
7 މަސް ކުރިން