ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފޮޓޯ--/ ރޭގެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ

06 ސެޕްޓެމްބަރު 2024 - 08:49
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ރޭ ދަންވަރު 02:48 ހާިއރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.ިހތަދޫ ވައިލެޓްފެހިގޭ އުމުރުން 21 އަހަރުގެ މުހައްމަދު ވިސާމް ސިދުގީއެވެ. މިހާދިސާގައި ކާރު ދުއްވަން އިން މީހާ އަތުގައި ލައިސަންސެއްވެސް ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ،
ރޭ ހިނގި މިހިތާމަވެރި އެކްސިޑެންޓްގައި އަނިޔާވި 23 އަހަރުގެ ޒުވާނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. މިހާދިސާގައި ނިޔާވީ ޖަލު ބަލަހައްޓާ އޮފިސަރެކެވެ. އެ ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް ކުރިމަތީގައެވެ.
އެކްސިޑެންްޓް ހިނގަން މެދުވެރިވިކަމަށް ބުނާ ސަބަބަކީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ސައިކަލެއްގައި ޖެހިގެންނެވެ، މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ފަހަތުގައި އެހެން މީހަކު އިންކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އޭނާ އަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެއެވެ.
އިތުރު ލިޔުންތައް
.jpeg&w=3840&q=75)
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
7 މަސް ކުރިން
އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
7 މަސް ކުރިން.webp&w=3840&q=75)
ރޭސިން ސަރަޙައްދު އަތުލުމުން، ރޭސިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި
7 މަސް ކުރިން